Tuesday, May 6, 2025

ދިވެހި ބޭސްވެރިކަމުގައި ބައި ގަރުނަށްވުރެ ދިގު ތާރީޚެއް: ހިނިތުންވުމާއެކު ޤާސިމްބެ އަދިވެސް ޚިދުމަތުގައި!

މި ފޮޓޯ ސްޓޯރީއަކީ އެމްއެންޔޫގައި އަޅުގަނޑު މިވަގުތު ކިޔަވަމުންދާ ކޯހުގެ ގްރޫޕް މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތެކެވެ. އަޅުގަނޑާއެކު މި މަސައްކަތުގައި ބައިވެރިވެފައިވަނީ ރާޔާ، ކުޑޫ އަދި އަކްރަމެވެ. 


މި ފޮޓޯ ސްޓޯރީ ޚާއްސަކޮށްފައި މިވަނީ ދިވެހި ބޭސްވެރިކަމުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޚިދުމަތްތެރިއަކަށެވެ. މިއީ ނ. ތޮޅެންދޫއަށް އުފަން ޙަސަން ޤާސިމްގެ ވާހަކައެވެ. އޭނާއަށްވަނީ ދިވެހިބޭސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 1990 ވަނަ އަހަރު އަދި ޞިއްޙީ ދާއިރާއިން ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2010 ލިބިވަޑައިގެންފައެވެ. އުމުރުން 87 އަހަރުގެ ޤާސިމްބެއަކީ އަދިވެސް މި މަސައްކަތުގައި އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުންދާ ނަމޫނާ ޚިދުމަތްތެރިއެކެވެ.