Tuesday, June 17, 2025

އޯޑިއޯ ރިޕޯޓް ގްރޫޕް މަސައްކަތް: ގަން ފަޅުވުން

 މި އޯޑިއޯ ރިޕޯޓަކީ އަޅުގަނޑު  އެމްއެންޔޫގައި ފުރިހަމަކުރަމުންދާ އެޑްވާންސް ސެޓިފިކެޓް އިން ޖަރނަލިޒަމް ކޯހުގެ ޑިޖިޓަލް ޖަރނަލިޒަމް މޮޑިއުލްގެ ތެރެއިން އަޅުގަނޑު ހިމެނޭ ގްރޫޕުން ތައްޔާރުކުރި ރިޕޯޓެކެވެ.

ރިޕޯޓު ތައްޔާރުކުރުމުގައި އަޅުގަނޑާއެކު ބައިވެރިވީ، ރާޔާ އަޙްމަދު މައުރޫފް އަދި އައިޝަތު ނަޢީމާއެވެ. ރިޕޯޓަށް ބޭނުންވާ ސްކްރިޕްޓް ތައްޔާރުކުރީ އަޅުގަނޑެވެ. ރިޕޯޓަށް ބޭނުންވާ ނެޗުރަލް އަޑުތަކާއި ބެކް މިއުޒިކް އެއްކުރީ ރާޔާއެވެ. އަދި ރިޕޯޓުގެ ނެރޭޝަނަށް އަޑުއަޅާ، އެޑިޓްކޮށް ކޮމްޕައިލްކުރީ ނަޢީމާއެވެ.  

މި ރިޕޯޓުގައި އަޅުގަނޑުމެން ބޭނުންވާ ލ. ގަން ފަޅުވިގޮތާމެދު ތުންތުންމަތިން އަޅުގަނޑުމެންނާ ހިސާބަށް އައިސްފައިވާ "ބުޅާ ރަސްކަމެއް އަރާ އެރަށް ފަޅުވިކަމަށް" ބުނާ ޙާދިސާ، ތަންކޮޅެއް ޑްރެމަޓައިޒްކޮށް ކުރު ފިކްޝަނަލް ސްޓޯރީއެއްގޮތަށް ގެނެސްދިނުމަށެވެ. އަދި އަޑުއަހާ މީހަކަށް ހަޤީޤަތުގައިވެސް އެ ޙާދިސާ ސިފަވާނެގޮތަށް އަޑުތަކާއި އިފެކްޓްސް ހިމެނުމަށް ސަމާލުކަމެއް ދީފައިވާނެއެވެ.


No comments:

Post a Comment