Tuesday, June 17, 2025

ވީޑިއޯ ރިޕޯޓް ގްރޫޕް މަސައްކަތް: ބ. ކަމަދޫގައި ސަގާފީ ޢީދު ފާހަގަކުރުން - މުޅިރާއްޖެއަށް ނަމޫނާއެއް

 މި ވީޑީއޯ ރިޕޯޓަކީ އަޅުގަނޑު  އެމްއެންޔޫގައި ފުރިހަމަކުރަމުންދާ އެޑްވާންސް ސެޓިފިކެޓް އިން ޖަރނަލިޒަމް ކޯހުގެ ޑިޖިޓަލް ޖަރނަލިޒަމް މޮޑިއުލްގެ ތެރެއިން އަޅުގަނޑު ހިމެނޭ ގްރޫޕުން ތައްޔާރުކުރި ވީޑިއޯ ރިޕޯޓެކެވެ. މި ރިޕޯޓު ތައްޔާރުކުރުމުގައި އަޅުގަނޑާއެކު ބައިވެރިވީ، ރާޔާ އަޙްމަދު މައުރޫފް އަދި އައިޝަތު ނަޢީމާއެވެ. ރިޕޯޓަށް ބޭނުންވާ ސްކްރިޕްޓް ތައްޔާރުކުރީ ރާޔާއެވެ. ވީޑިއޯ ނެގުމާއި ނެރޭޓްކުރުމުގެ މަސައްކަތް ކުރީ ނަޢީމާއެވެ. އަދި މުޅި ރިޕޯޓް އެޑިޓްކޮށް ކޮމްޕައިލްކުރީ އަޅުގަނޑެވެ. 

މި ރިޕޯޓު ތައްޔާރުކުރުމުގައި އަޅުގަނޑުމެން ބެލީ ޑިޖިޓަލް ޖަރނަލިޒަމް މޮޑިއުލްގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް ދަސްވި ހުރިހާކަމެއްހެން އެޕްލައިކުރެވޭތޯއެވެ. އެގޮތުން ރިޕޯޓު ތައްޔާރުކުރުމުގައި ނެރޭޝަނާއި، ނެޗުރަލް ސައުންޑުގެ އިތުރުން ބެކް މިއުޒިކެއް ވާނީ ހިމަނާފައެވެ. ހަމައެހެންމެ ވީޑިއޯ ނެގުމުގައިވެސް އެކި އޭންގަލްތަކުން އެކިވަރުގެ ޝޮޓްތައް ނެގޭތޯ ބެލީމެވެ. 

ގްރޫޕް ކުދިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްފަހު އަޅުގަނޑުމެންގެ ގްރޫޕުން ނިންމީ ބ. ކަމަދޫގައި އަޟްޙާ ޢީދު ފާހަގަކުރުމުގައި އެ ނަގާ ފޯރިއާއި ސަޤާފަތަށް ނިސްބަތްކޮށް ރިޕޯޓެއް ހެދުމަށެވެ. މިގޮތުން ކަމަދޫގެ ބައެއް ޚާއްސަ ކަންތައްތަކާއި، ޢީދު ފާހަގަކުރުމަށް ކުރާ މަސައްކަތްތަކަށް މި ރިޕޯޓުގައި އަޅުގަނޑުމެން ބަލާލާފައިވާނެއެވެ. 


No comments:

Post a Comment